އިރުއިރުކޮޅާ ކަރަންޓު ކެނޑޭތީ ކެންދޫގައި އިހުތިޖާޖުކުރަނީ

ސަން

4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 11:16

މިއަދުގެ އެކި ވަގުތުތަކުގައި، އިރުއިރުކޮޅުން ކަރަންޓު ކެނޑޭތީ އެ ކަމާ ހިތްހަމަ ނުޖެހިގެން ބ. ކެންދޫ ރައްޔިތުން އިހުތިޖާޖުކުރަން ފަށައިފިއެވެ.

"ސަން"އާ ވާހަކަދައްކަވަމުން އެ ރަށު ކައުންސިލުގެ ރައީސް އިބްރާހިމް އަބްދުއްރަހްމާނު ވިދާޅުވީ، ކަރަންޓުގެ މައްސަލަ އެ ރަށު ރައްޔިތުން ތަހައްމަލުކުރަން ޖެހިފައިވާތާ މިހާރު ދުވަސްތަކެއް ވެއްޖެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ދިމާވާން ފެށީ، ފެނަކައިން ހިންގާ އެ ރަށުގެ އިންޖީނު ގޭގައި ހުރި ޖަނަރޭޓަރެއް މައްސަލަ ޖެހި، އެ ކަން ހައްލުކުރަން ރަށަށް ބާ ޖަނަރޭޓަރެއް ގެނެސް ބޭނުންކުރަން ފެށިފަހުންނެވެ.

މައުޟޫޢުތަށް