ހަވާލުވީއިރު ގިނަ ޚިދުމަތްތަކުން ލިބުނީ ގެއްލުން، ފައިދާ ހޯދަން އެބަ މަސައްކަތްކުރަން: މަތީން
ސަން
4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 11:45
މޯލްޑިވްސް ވޯޓާ އެންޑް ސިވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ދެމުންދާ ފެނާއި ނަރުދަމާގެ ޚިދުމަތްތަކަކީ ކުރިން އެކަށީގެންވާ ފައިދާއެއް ނުލިބުނު ޚިދުމަތްތަކެއް ނަމަވެސް، މިހާރު އެ ޚިދުމަތްތައް ވިޔަފާރީގެ ގޮތުން ފައިދާވާނެ ކަމަކަށް ހެދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުޙައްމަދު މިރޭ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މަތީން ވިދާޅުވީ، ކުރިން ފެނާއި ނަރުދަމާގެ ޚިދުމަތްތަކުން އެކަށީގެންވާ ފައިދާއެއް ނުލިބޭ ކަމަށެވެ. ނަމަވެސް މިހާރު އެ ޚިދުމަތްތައް ފައިދާވާނެ ގޮތަކަށް ބަދަލުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ދެވޭ ޚިދުމަތްތަކުން ފައިދާ ލިބި، ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތްތައް ފޯރުކޮށްދިނުން،" އޭނާ ވިދާޅުވިއެވެ.