އޭއައިއަށް ކުދިންގެ ލޯ ހުޅުވައިނުދެވިއްޖެ ނަމަ، ތާރީޚު ފެންނާނީ ނުބައިކޮށް: އަޝްރަފް

ސަން

5 ސެޕްޓެމްބަރު 2025 | ހުކުރު | 11:54

ބެލެނިވެރިންނާއި ޓީޗަރުން، މިއަދު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)އަށް ކުދިންގެ ލޯ ހުޅުވައިނުދީފި ނަމަ، އެ ކުދިންނަށް ރާއްޖޭގެ ތާރީޚު ފެންނާނީ ނުބައިކޮށް ކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް ރޭ ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ، މަރަދޫ ސުކޫލުގެ އަހަރީ ދުވަހުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަޝްރަފް ވިދާޅުވީ، މިހާރުގެ ދަރިވަރުންނަށް ތަފާތު އެތައް ކަމެއް ފެނި، ތަހަންމަލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން، މިހާރު ކިޔަވާ ދަރިވަރުން ކުރިމަތިލާން ޖެހޭ އެންމެ ބޮޑު ގޮންޖެހުމަކީ، ގިނަ މައުލޫމާތުތައް ލިބޭ ވަސީލަތްތައް ހުރެ، އެއިން ތެދު މައުލޫމާތު ހޯދުމުގައި ދިމާވާ ދަތިތައް ކަމަށް އަޝްރަފް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި އަޝްރަފް ވަނީ ގިނަ ބައެއްގެ ތެރޭގައި މަގުބޫލު އޭއައިއާ ގުޅުވައި ވާހަކަދައްކަވާފައެވެ.

މައުޟޫޢުތަށް