ކެންދޫ ފިރިހެނަކު މާލޭން ގެއްލިގެން ހޯދަނީ
ސަން
5 ސެޕްޓެމްބަރު 2025 | ހުކުރު | 5:40
ބ. ކެންދޫއަށް ނިސްބަތްވާ ދިވެހި ފިރިހެނަކު މާލޭން ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ، ގެއްލިގެން ހޯދަނީ އުމުރުން 33 އަހަރުގެ، ބ. ކެންދޫ، މަންޒިލް، ޝަހުމުالله ސާޖިދު ކަމަށެވެ.
ޝަހުމުﷲ މި ވަގުތު ދިރިއުޅެނީ މާލޭގައި ކަމަށް ވެސް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ. އޭނާގެ ޚަބަރެއް ނުވެގެން، ގެއްލިފައިވާ ކަމަށް އާއިލާއިން ރިޕޯޓުކުރީ ރޭގެ ވަގުތެއްގައި ކަމަށް، ފުލުހުން ބުންޏެވެ.