ގޭންގުތަކުން ކުށްކުރަން ރޭވުމަށް ބޭނުންކުރާ ސޭފްހައުސްއަކުން ހައްޔަރުކުރި މީހުންގެ ފޮޓޯ ހާމަކޮށްފި

ސަން

6 ސެޕްޓެމްބަރު 2025 | ހޮނިހިރު | 10:36

މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު އަމަލުކުރަން ފެށި ގޭންގު ކުށްތައް ހުއްޓުވުމުގެ އާ ގާނޫނުގެ ދަށުން، ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ ފޮޓޯ މިއަދު އާންމުކޮށްފިއެވެ.

ފުލުހުން ބުނީ، މިދިޔަ ބުދަ ދުވަހު ހެންވޭރުގައި ހުންނަ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި ގެޔަކުން ތޫނު ހަތިޔާރު ފެނިފައިވާ ކަމަށެވެ. އެއީ މާލެ ތެރޭގައި ނުރައްކާތެރި ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕްތަކުން އިންތިޒާމް ވެގެން ނުރައްކާތެރި ކުށްކުރުމަށް ރާވައި، އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު އަދި އާލާތްތައް ރައްކާކުރަން ސޭފްހައުސްއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ތަނެއް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ބަލަން ފެށީ، އެފަދަ ސޭފްހައުސްތަކަށް ޖަމާވެ، ނުރައްކާތެރި ކުށްތައް ކުރަން އުޅޭކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް