ބްލޮކް ގްރާންޓް ދޭއިރު މިހާރުވެސް ރަށްރަށުގެ ކުޑަބޮޑުމިނަށް ރިއާޔަތްކުރޭ

ސަން

6 ސެޕްޓެމްބަރު 2025 | ހޮނިހިރު | 4:19

ކައުންސިލްތަކަށް ބްލޮކް ގްރާންޓް ނުވަތަ ހިލޭ އެހީ ދޫކުރާއިރު، ރަށްރަށުގެ ކުޑަބޮޑުމިނަށް 2020ވަނަ އަހަރުން ފެށިގެން ވެސް ރިއާޔަތްކުރަމުން އަންނަކަން ހާމަވެއްޖެއެވެ.

ރަށުގެ އާބާދީ މަދުކަމުގައިވީ ނަމަވެސް، ބިމުގެ ގޮތުން ރަށް ބޮޑުނަމަ، އެ ރަށެއްގެ ކައުންސިލަކަށް ބްލޮކް ގްރާންޓް ބޮޑުކުރަން ނިންމަވައިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ރޭ އިއުލާންކުރައްވައިފައެވެ.

"އެކްސް"ގައި ރޭ އެމަނިކުފާނު ލިޔުއްވި ގޮތުގައި، މިހާރު އުސޫލުގައި އޮންނަ ގޮތުން އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލުތަކަށް ބްލޮ ކްގްރާންޓް ލިބޭ މިންވަރު މަދެވެ. އެކަމަކު އާބާދީ ކުޑަ، ބިން ބޮޑެތި ރަށްތައް ހުންނައިރު، އެފަދަ ރަށްރަށުގައި ކުރަންޖެހޭ މުނިސިޕަލް މަސައްކަތްތައް މަދުނޫންކަން ފާހަގަކުރައްވައި ރައީސް ލިޔުއްވިގޮތުގައި، ބްލޮކް ގްރާންޓް ދޭ ގޮތުގެ ފިސްކަލް ފޯމިއުލާ އޮތް ގޮތުން އެފަދަ ކައުންސިލްތަކަށް ގެއްލުންވެއެވެ.

މައުޟޫޢުތަށް