އައްޑޫން ކަރަންޓު ކެނޑުން: ޓްރާންސްފޯމަރުން ނަރު ބުރިކުރަނިކޮށް ކަރަންޓުގައި ޖެހުނު މީހާއަށް ފަރުވާ ދެނީ

ސަން

6 ސެޕްޓެމްބަރު 2025 | ހޮނިހިރު | 9:02

އައްޑޫ ސިޓީ، ފޭދޫ ޓްރާންސްފޯމަރަކުން ނަރު ބުރިކުރުމުގެ ތެރޭގައި ފިހުނު މީހަކަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ރޭ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ދަންވަރު ދެ ގަޑިއިރެއްހާއިރަށް ކަރަންޓު ކެނޑުނެވެ. އެ މައްސަލަ ދިމާވީ ފޭދޫގައި އުޅުނު މީހަކު ކޭބަލެއް ބުރިކުރަން އުޅުމުން ކަމަށް ރޭ އައްޑޫ ހިތަދޫ ކޮރޮވައު ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝިނާޒް ވަނީ ތުހުމަތުކުރައްވާފައެވެ.

ފުލުހުން މިއަދު ބުނީ، ފޭދޫ ޓްރާންސްފޯރަމަކުން ނަރު ބުރި ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި ފިހިފައިވާ ކަމުގެ މައުލޫމާތު ލިބުނީ، ރޭ 03:05 ހާއިރު ކަމަށެވެ.

މައުޟޫޢުތަށް