ރާއްޖެއިން އޭޝިއާގެ އުންމީދީ ލީޑަރުންގެ ނެޓްވޯކަށް ހޮވުނު ފުރަތަމަ މެންބަރަކަށް ސަފާތު

ސަން

6 ސެޕްޓެމްބަރު 2025 | ހޮނިހިރު | 10:46

އޭޝިއާގެ އުންމީދީ ލީޑަރުން އެއްކޮށް މަސައްކަތް ކުރާ މިއަހަރުގެ 'އޭޝިއާ 21 ކްލާސް ނެކްސްޓް ޖެނެރޭޝަން ފެލޯސް'އަށް ރާއްޖޭގެ ސިޔާސީ ޝަޚުސިއްޔަތެއް ކަމަށްވާ ސަފާތު އަހުމަދު ޒާހިރު ހޮވިއްޖެއެވެ.

އެއީ ދުނިޔޭގެ 27 ގައުމަކުން ހޮވޭ 30 ލީޑަރުން އެއްކޮށް، ގައުމުތަކަށް ދިމާވާ އެކިއެކި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާ އޭޝިއާ ސޮސައިޓީ ނެޓްވޯކެކެވެ.

ވުމެން އެންޑް ޑިމޮކްރެސީގެ ފައުންޑާކަން ވެސް ކުރައްވާ ސަފާތު 'ސަން' އަށް ވިދާޅުވީ، އެ އޭޝިއާ ސޮސައިޓީ ނެޓްވޯކުގައި ބައިވެރިވުމަށް ފުރުސަތު ލިބުނީތީ އެކަމާ އުފާކުރައްވާ ކަމަށެވެ. ރާއްޖެއަކީ ޖިއޮގްރަފީ ގޮތުން ކުޑަ ގައުމެއް ނަމަވެސް، ރާއްޖެއަކީ ހާލަތާ އެއްގޮތަށް ބަދަލުވުމުގައި މުއްސަނދި ގައުމެއްކަން ސަފާތު ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް