ބްލެކްމެއިލްކޮށް، ބިރުދައްކައި، އޮރިޔާންކޮށް، ވީޑިއޯ ނެގިކަމަށް ބުނެ ދެ މީހަކު ހައްޔަރުކޮށްފި

ސަން

7 ސެޕްޓެމްބަރު 2025 | އާދިއްތަ | 12:48

މެސެންޖާއިން މީހަކާ ވާހަކަދައްކައި، އޭނާގެ އޮރިޔާން މަންޒަރު ހުރިކަމަށް ބުނެ ބްލެކްމެއިލްކޮށް، ހުޅުމާލެ ގެންގޮސް، ބިރު ދައްްކައި، އޮރިޔާންކޮށް ވީޑިއޯކޮށް، ފޭރުނުކަމަށް ބުނާ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލަ ފެށުނީ، މެސެންޖާއިން މީހަކާ ވާހަކަދައްކައި އެ މީހާގެ އޮރިޔާން ވީޑީއޯ ހުރިކަމަށް ބުނެ ބިރުދައްކައި ބްލެކްމެއިލްކުރި ހިސާބުން ކަމަށެވެ.

ބްލެކްމެއިލްކުރުމަށްފަހު ހުޅުމާލެ ފޭސް އެކަކަށް ގެންގޮސް، ވަޅިން ބިރުދައްކައި، އެ މީހާގެ އެކައުންޓުން ފައިސާ ނަގައި، އޮރިޔާންކުރުމަށްފަހު ވީޑިއޯކޮށް އިތުރު ފައިސާ ހޯދުމަށް ޑިމާންޑުކުރާ ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ ކަމަށް އެ އިދާރާއިން ބުންޏެވެ. މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހެވެ.

މައުޟޫޢުތަށް