މަޝްވަރާއާއި ދިރާސާއަށް ނުބަލާ، ގެންނަނީ ތާކުންތާކު ނުޖެހޭ ބަދަލުތަކެއް: ކުޅުދުއްފުށީ މޭޔަރު

ސަން

7 ސެޕްޓެމްބަރު 2025 | އާދިއްތަ | 2:19

ކައުންސިލްތަކަށް އެހީ ދޫކުރާ އުސޫލަށް ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލަށް ފާޑުވިދާޅުވެ، ކަންބޮޑުވުމަކީ މަޝްވަރާއާއި ނިޒާމާ ގުޅޭ ގޮތުން ހެދި ދިރާސާއަށް ބެލުމެއް ނެތި 'ތާކުންތާކު ނުޖެހޭ' ބަދަލުތައް ގެންނާތީ ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް މިއަދު ވިދާޅުވެއްޖެއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ތަކަށް ދެމުން އަންނަ އެހީ ދެގުނަ ބޮޑުކުރަން ނިންމަވައިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އިއުލާންކުރައްވައިފައެވެ. އަދި، ރަށުގެ އާބާދީ މަދުކަމުގައިވީ ނަމަވެސް، ބިމުގެ ގޮތުން ރަށް ބޮޑުނަމަ، އެ ރަށެއްގެ ކައުންސިލަކަށް ބްލޮކް ގްރާންޓް ބޮޑުކުރަން ނިންމަވައިފައިވާ ކަމަށް ރައީސް ވަނީ އިއުލާންކުރައްވައިފައެވެ.

އެ ކަމާ ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު އާތިފް ވިދާޅުވީ، ރައީސް މުއިއްޒު ވިދާޅުވަނީ ދިވެހި ރައްޔިތުންގެ މާލިއްޔާއިން ކައުންސިލްތަކަށް ދޭން ކަނޑައަޅާފައިވާ ފައިސާއަށް އިތުރު ގޮތްގޮތް ހައްދަވަ ވާހަކަ ކަމަށެވެ. އެ ގޮތުން، މިހާރު އާމްދަނީގެ ފަސް އިންސައްތަ ކައުންސިލްތަކުގެ މަސައްކަތަށް ދޭއިރު ބާކީ 95 އިންސައްތައަކީ މައި ސަރުކާރަށް ލިބޭ ފައިސާކަން އޭނާ ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް