ގައުމީ ޓީމަށް ރައީސްގެ އިރުޝާދު: ރަންވަނަ ހޯދަން ޖޯޝާ އެކު މަސައްކަތްކޮށްދެއްވާ

ސަން

7 ސެޕްޓެމްބަރު 2025 | އާދިއްތަ | 3:52

ސްރީލަންކާގައި މިހާރު ކުރިއަށްދާ ''ސައުތު އޭޝިއާ ސުޕަ ކަޕް"ގައި ބައިވެރިވާ ގައުމީ ފުޓުބޯޅަ ޓީމަށް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި، ރަންވަނަތަކެއް ހޯދަން އިރުޝާދު ދެއްވައިފިއެވެ.

ލަންކާގެ ރޭސްކޯސް ސްޓޭޑިއަމުގައި ކުޅުނު މި މެޗު ރާއްޖޭން ކާމިޔާބުކޮށްފައިވަނީ 3-0 އިންނެވެ.

ގައުމީ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން)އަށް ރައީސް މިއަދު ހެނދުނު ފޯނުން ގުޅުއްވާ މި މުބާރާތުގައި އިއްޔެ ކުޅުނު މެޗުން ގައުމީ ޓީމު ހޯދި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވިއެވެ. އަދި، ކުރިއަށް އޮތް މެޗުތަކުގައި ކާމިޔާބީ ހޯދަން ހިތްވަރާ އެކު މަސައްކަތްކުރައްވަން އެދިވަޑައިގެންނެވިއެވެ.

މައުޟޫޢުތަށް