ހަނިފަރު ބޭ މިހާރު އޮތް ގޮތަށް ބާއްވައިގެން ލިބޭ އާމްދަނީ މާ ބޮޑުވާނެ: ނަޝީދު
ސަން
7 ސެޕްޓެމްބަރު 2025 | އާދިއްތަ | 5:40
ބ. އަތޮޅުގައި އޮންނަ، ޔުނެސްކޯގެ ބަޔޯސްފިއާ ރިޒާވް، ހަނިފަރު ބޭއަށް ބަދަލެއް ނުގެނެސް މިހާރު ވެސް އެ އޮންނަ ގޮތަށް ބާއްވައިގެން އެ އަތޮޅު ދޮންފަނުގެ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން މިހާރު ހުށަހަޅާފައިވާ ގޮތަށް، ހަނިފަރު ބޭ އަށް ގެއްލުންވާ ގޮތަށް އެ ތަނުގެ ބިން ހިއްކައިގެން ލިބޭ އާމްދަނީއަށް ވުރެ އެތަން މިހާރުވެސް އެ އޮންނަ ގޮތަށް ބާއްވައިގެން ލިބޭ އާމްދަނީ ބޮޑުވާނެ ކަމަށެވެ.
އެތައް ބާވަތެއްގެ މަސްމަހާމެހި އުޅޭ ހަނިފަރު ބޭ އަކީ ފަތުރުވެރިންގެ މެދުގައި މަޝްހޫރު ސަރަހައްދެއްކަން، ތިމާވެށީގެ ހައްގުގައި މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ނަޝީދު ފާހަގަކުރެއްވިއެވެ.