މާލޭ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކޮށް، ފުލުހުންގެ މަސައްކަތް ހަރުދަނާ ކުރަން ސީޕީގެ އިރުޝާދެއް

ސަން

7 ސެޕްޓެމްބަރު 2025 | އާދިއްތަ | 8:11

މާލެ ސަރަހައްދުގެ އަމާންކަމާއި ރައްކާތެރިކަން ގާއިމުކޮށް، ފުލުހުންގެ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން މިއަދު ފުލުހުންނަށް އިރުޝާދު ދެއްވައިފިއެވެ.

ނަވީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެ ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަތަކާ ގުޅޭ ގޮތުން މާލެ ޕޮލިހުގެ ދަށުން މަސައްކަތް ކުރާ ޑިޕާޓުމަންޓުތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވި ކަމަށެވެ.

އެ ބައްދަލުވުމުގައި ނަވީން ވަނީ، މާލެ ސަރަހައްދުގައި ހިންގާ އޮޕަރޭޝަންތަކުގައި އެއް އަމާޒެއްގައި މަސަައްކަތް ކުރުމަށާއި ފުލުހުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރައްކާތެރިކަން ކަށަވަރު ކުރުމަށް އެދިވަޑައިގެންފައެވެ.

މައުޟޫޢުތަށް