އެންމެން އިސްނަގައިގެން މަތިބަލަން: ''ހާދަ ރީއްޗޭ''
ސަން
8 ސެޕްޓެމްބަރު 2025 | ހޯމަ | 12:40
މިރޭ ހިފި ހަނދު ކޭތަ ބަލައިލަން އަހަރެން ނިކުތީ މަގުމައްޗަށެވެ. އެހެން މީހުންނާއެކު، ހަނދުކޭތަ ބަލައިލުމުގެ އުފާ ލިބިގަންނާށެވެ. މާލެ ވަށާ ދެ ބުރު ޖެހިއިރު، އިސްދަށަށް ޖަހައިގެން ހުރި މީހަކު މަދުން ނޫނީ ނުފެނެއެވެ. އެންމެންގެ ލޯތައް އަމާޒުވެފައި ހުރީ، މަތިން ފެންނަން ހުރި ރަތް ކުލައިގެ ހަނދު ކޭތައަށެވެ.
މިހާރަކީ ކޮންމެ ކަމެއް ވެސް ފޯނުގައި ފަހަށް ރައްކާކުރާ ޒަމާނެކެވެ. އެ އުސޫލުން އެ ޗާލު ހަނދުކޭތަ ފޮޓޯ ނުނަގައި، ވީޑިއޯ ނުނަގާ ތިބި މީހަކު މަދެވެ.
ބަޔަކު އުސްފަސްގަނޑު ސަރަހައްދުގައި ކޭތަ ބަލަން މަޑުކޮށްލައިގެން: މާލޭގެ އެކި ހުސްބިންތަކަށް މީހުން ޖަމާވެފައިވާ ---- ސަން ފޮޓޯ/ މޫސާ ނަދީމް