މަރަދޫފޭދުއަށް ކުރީ ކުއްލި ވިއްސާރައެއް، އެ ސަރަހައްދަށް މޫސުން ގޯހެއް ނޫން: މެޓް

ސަން

8 ސެޕްޓެމްބަރު 2025 | ހޯމަ | 1:11

މިއަދު ހެނދުނު އައްޑޫ ސިޓީ މަރަދޫ ފޭދޫއަށް ކުރީ ކުއްލި ވިއްސާރައެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.

އެރަށަށް މިއަދު ހެނދުނު ވަނީ، ކުއްލިއަކަށް ކުރި ވިއްސާރައެއްގައި ގެތަކެއްގެ ފުރާޅު އެއްލާލައިފައެވެ.

އެކަމާ ގުޅިގެން ސުވާލުކުރުމުން މެޓުން 'ސަން'އަށް ބުނީ، އެއީ، ހެނދުނު 08:30ހާއިރު އެސަރަހައްދަށް ކުއްލިއަކަށް އައި ވިލާގަނޑެއްގައި ލިބުނު ގެއްލުމެއް ކަމަށާއި އެ ސިޓީގެ ރަށްތަކަށް މޫސުން އެހާ ގޯހެއް ނޫން ކަމަށެވެ.

މައުޟޫޢުތަށް