މަޓާޓޯގެ ސީއީއޯކަމުން ސޫޒަން އިސްތިއުފާ ދެއްވައިފި
ސަން
8 ސެޕްޓެމްބަރު 2025 | ހޯމަ | 4:51
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ސީއީއޯކަމުން އާމިނަތު ސޫޒަން އިސްތިއުފާ ދެއްވައިފިއެވެ.
ސޫޒަން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ، ބްރޭކެއް ނަގަން ވަރަށް ބޮޑަށް ބޭނުންވާތީ ކަމަށެވެ. ވަކިން ޚާއްސަކޮށް އަމިއްލަ ޕްރޮޖެކްޓުތަކަށް އިސްކަން ދިނުމަށް ބޭނުންވާތީ އިސްތިއުފާދެއްވީ ކަމަށް އޭނާގެ އިސްތިއުފާ ސިޓީގައި ލިޔުއްވިއެވެ.
މަޓާޓޯއަށް ޚިދުމަތް ކުރުމަށް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވައި، ސޫޒަން ވަނީ އެ ކުންފުނީގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ދެއްވި އެހީތެރިކަން ސޫޒަންގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.