މާފަރު ފަޅު، ފެރިދޫގެ އިހުތިސޯސުގައި ހިމަނައިފި
ސަން
8 ސެޕްޓެމްބަރު 2025 | ހޯމަ | 5:18
ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. ފެރިދޫގެ އިހުތިސޯސުގައި މާފަރު ފަޅު ހިމަނުއްވައިދެއްވައިފިއެވެ.
އެމަނިކުފާނު އެގޮތަށް ނިންމެވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރަށްރަށުގެ އިހުތިސޯސް ކަނޑައަޅަން ރައީސަށް ލިބިދީފައިވާ ގާނޫނީ ބާރުގެ ތެރެއިން މިއަދު ނެރުއްވި ގަރާރެއްގައެވެ.
ރައީސް މުއިއްޒު މިދިޔަ އޮގަސްޓު މަހުގެ ފަހުކޮޅު އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ފެރިދޫއަށް ވަޑައިގެން ވަނީ، މާފަރު ފަޅު އެރަށު އިހުތިސޯސުގައި ހިމަނުއްވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.