އިންސާނީ ހައްގުތަކާ ބެހޭ ސެޝަންގައި ރާއްޖެއިން ގިނަ މައްސަލަތަކަކަށް ގަރާރުތައް ހުށަހަޅައި ބަޔާން ދޭނެ
ސަން
8 ސެޕްޓެމްބަރު 2025 | ހޯމަ | 11:10
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 60 ވަނަ ސެޝަން، ސްވިޓްޒަލޭންޑްގެ ޖެނީވާގައި މިއަދު ފެށިއިރު، ދިވެހިރާއްޖެއިން އެ ސެޝަންގައި ގިނަ މައްސަލަތަކަކާ ގުޅޭގޮތުން ބަޔާންދީ ގަރާރުތައް ހުށަހަޅާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
މި ސެޝަން ކުރިއަށްދާނީ، މިއަދުން ފެށިގެން އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މި ސެޝަން ފައްޓަވައިދެއްވުމުގެ ގޮތުން އދ. ގެ ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ވޮލްކާ ޓާކް ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި ކުރިއެރުވުމުގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ރިޕޯޓެއް ހުށަހެޅުއްވި ކަމަށެވެ.