މަރަދޫފޭދުއަށް އެރި ނަގޫރޯޅީގައި ލިބުނު ގެއްލުން މިރޭ ހައްލުވާނެ، ވަގުތީ ހިޔާ ދޭންޖެހޭ ހާލަތަކަށް ނުދޭ: ކައުންސިލް

ސަން

8 ސެޕްޓެމްބަރު 2025 | ހޯމަ | 8:08

އައްޑޫ ސިޓީ، މަރަދޫފޭދުއަށް މިއަދު ހެނދުނު އެރި ނަގޫރޯޅިއެއްގައި ވަގުތީ ބޯހިޔާވަހިކަން ދޭން ޖެހޭ ހާލަތަކަށް ނުދާ ކަމަށް، އައްޑޫ ސިޓީ ކައުންސިލުން މިރޭ ބުނެފިއެވެ.

މަރަދޫފޭދުއަށް މިއަދު މިއަދު ހެނދުނު އެރި ނަގޫރޯޅިއެއްގައި ވަނީ ގެތަކެއްގެ ފުރާޅު އެއްލާލައިފައެވެ. އެއީ އެ އަވަށުގެ ފަސް ގެއަކާއި ހިނަވާގޭގެ ފުރާޅުން ބައިތަކެކެވެ.

"ސަން"އިން ސުވާލުކުރުމުން މަރަދޫފޭދޫ އަވަށުގެ ކައުންސިލަރު ޚާލިދާ މުހައްމަދު ވިދާޅުވީ، މިއަދު އެރި ނަގޫރޯޅީގެ ސަބަބުން އެއް ގެއެއްގެ ފުރާޅުގެ އެއްބައި އެއްލާލިއިރު، ދެން ހުރި ގެތަކުގެ ފުރާޅުތަކުން އެއްލާލީ ތިން ހަތަރު ގަނޑު ޓިނު ކަމަށެވެ.

މައުޟޫޢުތަށް