އަނބިމީހާއާ ގުޅުން ބާއްވާ ފިރިހެނަކަށް ހަމަލާދީގެން ދިވެއްސަކު ޖަލަށް
ސަން
9 ސެޕްޓެމްބަރު 2025 | އަންގާރަ | 9:39
ދިވެހި އަނބިމީހާއާ ގުޅުން ބާއްވާ ފިރިހެނަކަށް ހަމަލާދިން މައްސަލައެއްގައި ދިވެހި ފިރިހެނަކު އެއް މަހަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.
އަނބިމީހާއާ ސިއްރުން ގުޅުން ބާއްވާ ކަމަށް ބުނެ ފިރިހެނަކަށް ހަމަލާދިފައިވަނީ މާލޭން އުތުރުގެ ރަށަކަށް ނިސްބަތްވާ މީހެކެވެ. މި ފިރިހެން މީހާ، އޭނާގެ އަންހެނުންގެ ސިއްރު ލޯބިވެރިޔާ ކަމަށް ބުނާ މީހާއަށް ހަމަލާދީފައިވަނީ މާލޭ، ވެލާނާގޭ ކައިރީ ޕާކިން ޒޯން ސަރަހައްދުގައެވެ.
މި މައްސަލައިގައި ދައުލަތުން އެ މީހާގެ މައްޗަށް އުފުލާފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ. ކްރިމިނަލް ކޯޓުން ނިންމި މި މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އެ ފިރިހެން މީހާއަށް ހަމަލާދީފައިވަނީ މި އަހަރުގެ މެއި މަހުގެ ދުވަހެއްގައި، މެންދުރެއްހާއިރު އެވެ.