ހިއްމަފުށީ ޑްރަގް ޓްރީޓްމަންޓު ސެންޓަރަށް ފުލުހުން ވަދެއްޖެ

ސަން

9 ސެޕްޓެމްބަރު 2025 | އަންގާރަ | 10:21

ކ. ހިއްމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓު އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް ފުލުހުން މިއަދު ވަދެއްޖެއެވެ.

އެ ތަނުގައި ހަރަކާތްތެރިވަމުން އަންނަނީ ޑްރަގް އެންފޯސްމަންޓް އޮޕަރޭޝަން ޓީމެއް ކަމަށް މީޑިއާތަކަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

"ސަން"އާ ވާހަކަދައްކަވަމުން އެންޑީއޭގެ ޗެއާޕާސަން ލުބްނާ ޒާހިރު ވިދާޅުވީ މިއަދުގެ އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ތަނުން ވަކި އެއްޗެއް ހޯދަން ހިންގަމުން އަންނަ އޮޕަރޭޝަނެއް ކަމަށެވެ.

މައުޟޫޢުތަށް