ހަނިފަރު ބޭގެ ހިމާޔަތުގައި އެތައް ބަޔަކު ނުކުތުމުން ދޮންފަނު ބިން ނުހިއްކަން ރައީސް ނިންމަވައިފި

ސަން

9 ސެޕްޓެމްބަރު 2025 | އަންގާރަ | 10:36

ބ. ދޮންފަނު ބިން ހިއްކައިފި ނަމަ ހަނިފަރު ބޭއަށް ގެއްލުންވާނެތީ، އެ ތަނުގެ ހިމާޔަތުގައި އެތައް ހާސް ބަޔަކު ތެދުވުމުން ބިން ނުހިއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.

ދޮންފަނުގެ ބިން ހިއްކަން ރައީސް ވައުދުވެ، އެއްބަސްވުމުގައި ސޮއިކުރުމުން ގިނަ ބަޔަކު ވަނީ ފާޑުކިޔައިފައެވެ. އަދި، ގިނަ ބަޔަކު ވަނީ އެކަން ހުއްޓާލަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައެވެ. އިދިކޮޅު ސިޔާސީ ލީޑަރުންނާއި އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކު ވެސް އެ މަޝްރޫއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދޮންފަނުގައި ބިން ހިއްކަން ވައުދުވީ އެ ރަށު ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ. އަދި، އެ ވައުދު ފުއްދަން އެއްބަސްވުމުގައި ސޮއިކުރި ކަމަށެވެ. އެކަމަކު، ރައްޔިތުން މިހާރު ދޮންފަނުގެ ބިން ހިއްކަން ބޭނުންނުވާ ކަމަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް