"ދަރަވަންދޫ ހިއްކައިގެން ނުވި ގެއްލުމެއް ދޮންފަނު ހިއްކައިގެން ހަނިފަރަށް ނުވާނެ, ބޭނުމީ ބިން ހިއްކަން"

ސަން

9 ސެޕްޓެމްބަރު 2025 | އަންގާރަ | 2:41

ބ. ދޮންފަނު ބިން ހިއްކައިފި ނަމަ ހަނިފަރު ބޭއަށް ގެއްލުންވާނެތީ، އެ ތަނުގެ ހިމާޔަތުގައި އެތައް ހާސް ބަޔަކު ތެދުވުމުން ބިން ނުހިއްކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ނިންމެވުމުން, އެކަމާ ދެކޮޅަށް ދޮންފަނުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާގޮތުން 400 އެއްހާ މީހުން ދިރިއުޅޭ, ދޮންފަނު ހިއްކަން އެމްޓީސީސީއާ ހަވާލުކުރުމަށް ފަހު އެކަން ނުކުރައްވަން ރައީސް މިއަދު ނިންމެވީ އެކަން ކޮށްފިނަމަ އެ ރަށް ކައިރި އޮންނަ, ގުދުރަތީ ގޮތުން ވަރަށް މުއްސަދިކަން ލިބިފައިވާ, އަދި ޓޫރިސްޓުންގެ ވަރަށް މަގުބޫލު މަންޒިލެއް ކަމަށްވާ, ހަނިފަރު ބޭއަށް ލިބޭނެ ގެއްލުންތަކާ ގުޅިގެން އެތައް ހާސް ބަޔަކު ކަންބޮޑުވުން ފާޅު ކުރުމާ ގުޅިގެންނެވެ.

ރައީސް އެ ނިންމުން ނިންމެވިކަން ހާމަކުރެއްވި ފަހުން ދޮންފަނު ކައުންސިލް އިދާރާ ކުރިމައްޗަށް އެ ރަށުގެ ބައެއް ރައްޔިތުން އެއްވެ ވަނީ މުޒާހަރާ ކޮށްފައެވެ. އެ މީހުން ގޮވާލީ ބިންހިއްކުން ކުރިއަށް ގެންދިއުމަށެވެ.

މައުޟޫޢުތަށް