ހިންމަފުށީ ރިހެބަށް ފުލުހުން ވަނީ ޑުރަގް ހޯދަން، އެކަމަކު ނުފެނުނު
ސަން
9 ސެޕްޓެމްބަރު 2025 | އަންގާރަ | 3:08
ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓު އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް ފުލުހުން މިއަދު ހެނދުނު ވަނީ މަސްތުވާތަކެތި ހުރިކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިގެންކަމަށާއި، ނަމަވެސް އެފަދަ އެއްވެސް އެއްޗެއް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މިއަދު ހެނދުނު ފުލުހުން ބުނި ގޮތުގައި އެ ތަނުގައި ވަނީ ޑްރަގް އެންފޯސްމަންޓް އޮޕަރޭޝަން ޓީމެއް ހަރަކާތްތެރިވެފައެވެ.
"ސަން"އާ ވާހަކަދައްކަވަމުން އެންޑީއޭގެ ޗެއާޕާސަން ލުބްނާ ޒާހިރު ވިދާޅުވީ އެ އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ތަނުން ވަކި އެއްޗެއް ހޯދަން ހިންގަމުން އަންނަ އޮޕަރޭޝަނެއް ކަމަށެވެ. އޭރު އެއީ ކޮން އެއްޗެއް ކަމެއް ހާމައެއް ނުކުރައްވައެވެ.