48 ޕަސެންޓް ދިވެހި އަންހެނުން ވަޒީފާއަށް ނުދޭ، ސަބަބަކީ އާއިލީ ޒިންމާ

ސަން

9 ސެޕްޓެމްބަރު 2025 | އަންގާރަ | 4:30

މާލޭ ސަރަހައްދުގެ ވަޒީފާ އަދާކުރެވޭ އާބާދީގައި ހިމެނޭ އަންހެނުންގެ ތެރެއިން، ރަސްމީ ވަޒީފާތަކުގައި ތިބީ 51.6 ޕަސެންޓު އަންހެނުން ކަމަށާއި އެފަދަ ވަޒީފާއަކަށް ނުދާ ގިނަ މީހުންނަކީ އާއިލާ ޒިންމާތައް ނުވަތަ ގޭތެރޭގެ މަސައްކަތުގައި ބޮޑަށް ޝާމިލުވާ މީހުން ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން މިއަދު ވަނީ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ ގޭބިސީތަކަށް ޒިޔާރަތްކޮށް، މިދިޔަ އަހަރުގެ އޮކްޓޫބަރުން ފަށައިގެން ކުރިއަށްގެންދިޔަ ލޭބާ ފޯސް ސާވޭގެ ނަތީޖާ އާންމުކޮށްފައެވެ. އެ ސާވޭގައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުން ޑިސެންބަރަށް އެއްކޮށްފައިވާ ތަފާސްހިސާބާއި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ، ޖެނުއަރީން މާރިޗު މަހަށް އެއްކޮށްފައިވާ ތަފާސްހިސާބުން ފެންނަ ބަދަލުތައް ފާހަގަކޮށްފައެވެ.

އެ ތަފާސްހިސާބުގައިވާ ގޮތުން، މާލޭ ސަރަހައްދުގައި ވަޒީފާ އަދާކުރެވޭ އުމުރު ކަމަށްވާ، 15 އަހަރުންގެ މަތީގެ މީހުންގެ އާބާދީ 187،390އަށް އަރައެވެ. އޭގެ ތެރޭގައި ހިމެނެނީ 127،696 (68.4 ޕަސެންޓް) ދިވެހީންނާއި 59،694 ބިދޭސީންނެވެ.

މައުޟޫޢުތަށް