ޑޮކްޓަރުކަން ކިޔަވަން ފުރުސަތު ދޭނެ ކަމަށް ބުނެ ފައިސާ ނަގައި އޮޅުވާލި މައްސަލައެއް ބަލަނީ

ސަން

9 ސެޕްޓެމްބަރު 2025 | އަންގާރަ | 6:54

ރާއްޖެއިން ބޭރުން ޑޮކްޓަރުކަން ކިޔަވަން ފުރުސަތު ދޭނެ ކަމަށް ބުނެ ދަރިވަރުންނަށް އޮޅުވާލައިގެން ފައިސާ ނަގާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި މިއަދު ބުނީ ރާއްޖެއިން ބޭރުން މެޑިސިން ކިޔެވުމުގެ ކަންކަން ހަމަޖައްސައިދޭނެ ކަމަށް ބުނެ ޒީޑް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފައިސާ ނަގައި، ކިޔަވަން ދިޔުމުގެ ކަންކަން ހަމަޖައްސައިދީފައި ނުވާ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް