މާލޭގެ ކަނޑުތޮށި ވަރުގަދަކުރުމަށް ޖަޕާނުން 10.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފި

ސަން

9 ސެޕްޓެމްބަރު 2025 | އަންގާރަ | 9:26

މާލޭގެ ކަނޑުތޮށި ވަރުގަދަކޮށް، ފެން ހިންދުމަށް ބޭނުންވާ އާލާތްތައް ހޯދުން ހިމެނޭހެން، ފިނޭންސް މިނިސްޓްރީއާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާ ދެމެދު މާލޭގައި ކާރިސާތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތައްޔާރުވުމަށް ހިންގޭ މަޝްރޫއުގެ އިމާރާތްކުރުމުގެ މަރުޙަލާގެ އެހީގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ

ފިނޭންސް މިނިސްޓްރީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ޙަސަން މިރާސްއެވެ. އަދި ޖައިކާގެ ފަރާތުން ސޮއިކުރެއްވީ ޖައިކާ މޯލްޑިވްސް އޮފީހުގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޓަކި މޮޓޮއޯއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން 1.56 ބިލިއަން ޔެން (ގާތްގަނޑަކަށް 10.5 މިލިއަން އެމެރިކާ ޑޮލަރު)ގެ ހިލޭ އެހީ ރާއްޖެއަށް ލިބޭނެ ކަމަށާއި، މި އެހީގެ ދަށުން މާލޭގެ ކަނޑުތޮށި ވަރުގަދަކޮށް، ވާރޭ ފެން ހިންދުމަށް ބޭނުންވާ އާލާތްތައް ހޯދައި، އުދައާއި ބޯކޮށް ވެހޭ ވާރޭން ކުރިމަތިވާ ނުރައްކާތައް ކުޑަކުރެވޭނެ ކަމަށެވެ.

މައުޟޫޢުތަށް