ރާއްޖޭގެ ޓީމެއް ޗައިނާގެ ހެކަތޯނެއްގައި ތަމްސީލުކުރަނީ
ސަން
9 ސެޕްޓެމްބަރު 2025 | އަންގާރަ | 11:10
ޗައިނާގެ ހޮންކޮންގައި އޮންނަ ހެކަތޯނެއްގައި ރާއްޖެ ތަމްސީލުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މުވައްޒަފެއް ހިމެނޭހެން ތިން މެންބަރުންގެ ޓީމަކުން ބައިވެރިވާން ނިންމައިފިއެވެ.
ޗައިނާގެ ހޮންކޮންގައި "ކޯޑިން4 އިންޓެގްރިޓީ" އޭޝިއަން ޔޫތު އެންޓި-ކޮރަޕްޝަން ހެކަތަން 2025ގެ ނަމުގައި މި މަހުގެ 15އިން 19އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ހެކަތަންގައި އެ ކޮމިޝަންގެ މުވައްޒަފެއްގެ އިތުރުން، ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންއައިސީޓީ)އާއި، ޓެކްނޮލޮޖީގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް މަސައްކަތްކުރާ ޖަމިއްޔާ، ވިމެން އިން ޓެކްގެ ފަރާތުން މެންބަރަކު ބައިވެރިވާނެއެވެ.
މި މުބާރާތުގައި ރާއްޖޭން ބައިވެރިވަނީ އޭސީސީގެ ފަރާތުން އުބައިދުالله އަލީއާއި، އެންސައިޓީގެ ފަރާތުން އަހްމަދު އަފްޒަލްގެ އިތުރުން ވިމެން އިން ޓެކްގެ ފަރާތުން އާމިނަތު ރަޔާނެވެ.