ޤަތަރަށް އިޒްރޭލުން ދިން ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުމަށް އިތުރަށް ހުރަސްއެޅޭނެ: ފޮރިން މިނިސްޓްރީ
ސަން
9 ސެޕްޓެމްބަރު 2025 | އަންގާރަ | 11:14
އިޒްރޭލުން ޤަތަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން ގާއިމްކުރުމަށް ކުރެވޭ މަސައްކަތަށް އިތުރަށް ހުރަސްއެޅިގެން ދާނެ ކަމަށް، ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ޤަތަރަށް އިޒްރޭލުން ދިން ހަމަލާތައް ކުށްވެރިކޮށް ނެރުނު ބަޔާނެއްގައި ފޮރިން މިނިސްޓްރީން ބުނީ، ޤަތަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން ދިން ހަމަލާއަކީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު، އަދި ޤަތަރުގެ ސަލާމަތާއި، ސިޔާދަތީ މިނިވަންކަމަށް އަރައިގަތުމުގެ ފިނޑި އަމަލެއް ކަމަށެވެ.
އަދި އިޒްރޭލުގެ މިފަދަ ޣައިރުގާނޫނީ އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން ގާއިމްކުރުމަށް ކުރެވޭ މަސައްކަތަށް އިތުރަށް ހުރަސްއެޅި، މަސްރަހު އިތުރަށް ހޫނުވެ، އެ ސަރަހައްދުގައި ސުލްހަވެރި ހައްލެއް ހޯދުމަށް ކުރާ މަސައްކަތަށް އަސަރުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.