ލަންދޫއަށް މަސްތުވާތަކެތި އެތެރެކޮށް ބޭނުންކުރިކަމުގެ ތުހުމަތުގައި 3 ފިރިހެނުން ހައްޔަރުކޮށްފި

ސަން

10 ސެޕްޓެމްބަރު 2025 | ބުދަ | 11:29

ނ. ލަންދޫގައި ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ތިން ފިރިހެނުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ނ. ލަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގެ ތެރެއިން މިދިޔަ ހޯމަ ދުވަހު ލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އަދި އެ އޮޕަރޭޝަނުގައި، އެ ރަށު ގެއެއް ބަލައިފާސްކުރިިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި 11 ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ނ. މާޅެންދޫ، ހަވޭލި، ޙަސަން މުޙައްމަދު (33އ) އަދި ނ. މާޅެންދޫ މޫންލައިޓް، އިމްރާން ޢަލީ (30އ)އެވެ.

މައުޟޫޢުތަށް