ރަސްދޫ ޕޮލިސް ސްޓޭޝަންގެ ރަޖިސްޓްރީ ގެއްލިއްޖެ
ސަން
10 ސެޕްޓެމްބަރު 2025 | ބުދަ | 3:00
އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގެ ބިމަށް ހަދައިދީފައިވާ ބިމުގެ ރަޖިސްޓްރީ ގެއްލިގެން އިއުލާން ކޮށްފިއެވެ.
ރަސްދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއް ބުނީ އެ ރަށުން, "މޯލްޑިވްސް ޕޮލިސް ސާވިސް" ގެ ނަމުގައި ހަދައި ދޫކޮށްފައިވާ, ބިމުގެ ރަޖިސްޓްރީ ގެއްލިގެން ހުށަހަޅާފައިވާ ކަމަށެވެ.
އެ ރަޖިސްޓްރީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހެއްވާނަމަ، މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ކައުންސިލަށް އަންގައި ދިނުމަށް ވަނީ ރަސްދޫ ކައުންސިލުން އެދިފައެވެ.