ތަނެއް ހަމަނުޖެހި އުޅެނިކޮށް، އިމާރާތް ހުސްކުރަންޖެހުމުން ސްކައުޓުންގެ އޮފީހާއި ފިހާރަ ބަންދުކޮށްފި
ސަން
10 ސެޕްޓެމްބަރު 2025 | ބުދަ | 4:09
ސްކައުޓް އެސޯސިއޭޝަންގެ އޮފީހާއި، ފިހާރަ ހިންގާނެ އިމާރާތެއް ހަމަނުޖެހެނީސް، މިހާރު ހިންގާ ތަނުން ނިކުންނަން ޖެހުމުން، އެ އެސޯސިއޭޝަންގެ އޮފީހާއި ފިހާރަ މިއަދު ބަންދުކޮށްފިއެވެ.
އެ އެސޯސިއޭޝަނުން މިއަދު ކުރި އިއުލާނެއްގައިވަނީ ސްކައުޓުންގެ އޮފީހާއި ފިހާރަ ހުސްކުރަން އަންގައިފައި އޮތީ މިއަދުގެ ކުރިން ކަމަށެވެ. އަދި އިތުރު އޮފީހެއް ހަމަޖެހިފައިނުވާތީ، ތަނެއް ލިބެންދެން އޮފީހާއި ފިހާރަ ވަގުތީ ގޮތުން ބަންދުވާނެކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
މީގެކުރިން، މިދިޔަ މޭ މަހު، ގައުމީ ސްކައުޓް ދުވަހު އޮތް ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ސްކައުޓުގެ ހަރަކާތަށް ސަރުކާރުގެ ތެރެއިން ވަރަށް ގިނަ ކަންކަން ކުރަން ޖެހިފައި އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެ ދުވަހު އިމާރާތުގެ ވާހަކަ ވެސް ރައިސް ފާހަގަކުރެއްވިއެވެ.