އިންޑިއާއާ އެކު ހެދި އަސްކަރީ އެއްބަސްވުންތައް ދަންމާލިކަން ވެސް ނޫންކަން ވެސް ސިއްރު
ސަން
10 ސެޕްޓެމްބަރު 2025 | ބުދަ | 8:19
މިދިޔަ އެމްޑީޕީގެ ސަރުކާރުގައި އިންޑިއާއާ އެކު ހަދާފައިވާ އަސްކަރީ އެއްބަސްވުންތަކުގެ މުއްދަތު އިތުރުކޮށްފައިވާކަން ނުވަތަ ނުވާކަން ވެސް ހާމަކުރެވެން ނެތް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
މި ސަރުކާރުން ވެރިކަމަށް އައީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ގައުމީ ސަލާމަތާއި ސިޔާދަތަށް ނުރައްކާވާ ގޮތަށް އިންޑިއާއާ އެކު އަސްކަރީ އެއްބަސްވުންތައް ހަދާފައިވާ ކަމަށް ތުހުމަތުކޮށް، އެއްބަސްވުންތައް ހާމަކުރާނެ ކަމަށް ވެސް ވައުދުވަމުންނެވެ.
ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އެއްބަސްވުންތަކުގައި ހުރި 'ކަންބޮޑުވާންޖެހޭ' މާއްދާތައް ބަދަލުކޮށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އެކަމަކު، ތަފުސީލެއް ނުދެއްވައެވެ.