އެސްޓީއޯއިން ތަރުކާރީ ގެނައުމަކުން ފުޑް ސެކިއުރިޓީއެއް ނުލިބޭނެ، ވިޔަފާރިތައް ބަނގުރޫޓުވާނެ: އަމީރު
ސަން
10 ސެޕްޓެމްބަރު 2025 | ބުދަ | 10:56
ރާއްޖެއަށް މޭވާއާއި ތަރުކާރީ އެތެރެކުރުމަށް އެސްޓީއޯއާ ހަވާލުކުރި ނަމަވެސް، އެއީ 'ފުޑް ސެކިއުރިޓީ' ނުވަތަ ކާނާގެ ޔަގީންކަން ކަށަވަރުވާ ކަމެއް ނޫން ކަމަށް މިދިޔަ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރާއްޖޭގައި ފުޑް ސެކިއުރިޓީ ގާއިމުކުރުމަށް އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ބަދަލުތަކެއް ގެންނަން ކެބިނެޓުން ނިންމާފައިވާ ކަން ހާމަކުރައްވާފައެވެ.
ރޯދަމަހަށް ތައްޔާރުވުމަށް ތަރުކާރީ އާއި މޭވާ ގަންނަ މީހުން ވަނީ ބާޒާރުމަތި ފުރާލާފައި: އަމީރު ވިދާޅުވީ، މޭވާއާއި ތަރުކާރީ އެތެރެކުރަނީ ވިޔަފާރިތަކުން ސަރުކާރަށް ނަގާ ޑޮލަރުން، އޭރަށް ބަނގުރޫޓުވަނީ އަމިއްލަ ވިޔަފާރިތައް ކަމަށް -- ސަން ފޮޓޯ/ މުޙައްމަދު މާވީ