ކަނޑުމަތީގައި މުޒާހަރާތަކެއް ކުރަން، ދޮންފަނު ފަރުގައި ޑައިވް ކުރުން ކައުންސިލުން މަނާކޮށްފި

ސަން

11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 12:54

ބ. ދޮންފަނުގެ ބިން ހިއްކުމަށް ސަރުކާރަށް ގޮވާލައި، ސިލްސިލާ މުޒާހާރާތަކެއް ކަނޑުމަތީގައި ކުރަން ނިންމާފައިވާތީ އެރަށުގެ ފަރުގައި ޑައިވް ކުރުން ރަށު ކައުންސިލުން މިއަދު މަނާކޮށްފިއެވެ.

ދޮންފަނު ހިއްކުމަށް އެމްޓީސީސީއަށް ހަވާލުކުރުމަށް ފަހުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެރަށް ނުހިއްކުމަށް ނިންމަވައިފައެވެ. އެއީ، އެކަން ކޮށްފިނަމަ އެ ރަށް ކައިރި އޮންނަ, ގުދުރަތީ ގޮތުން ވަރަށް މުއްސަނދި, އަދި ޓޫރިސްޓުންގެ ވަރަށް މަގުބޫލު މަންޒިލެއް ކަމަށްވާ, ހަނިފަރު ބޭއަށް ލިބޭނެ ގެއްލުންތަކާ ގުޅިގެން އެތައް ހާސް ބަޔަކު ކަންބޮޑުވުން ފާޅު ކުރުމާ ގުޅިގެންނެވެ.

އެ ނިންމެވުމާ ގުޅިގެން ނުރުހުން ފާޅުކޮށް އެރަށު ރައްޔިތުން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

މައުޟޫޢުތަށް