މޯލްޑިވިއަންއިން ޕައިލެޓުން ހޯދަން އިއުލާން ކޮށްފި
ސަން
11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 4:43
ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ޕައިލެޓުން ހޯދަން މިއަދު އިއުލާން ކޮށްފިއެވެ.
ރާއްޖެއަށް ބޭނުންވާ ވަރަށްވުރެ މިހާރު ވެސް ޕައިލެޓުން މާ ގިނައެވެ. ގާތްގަނޑަކަށް 200 އެއްހައި މީހުން ބޮޑު އަގުގައި ޕައިލެޓްކަން ކިޔަވައިގެން ވަޒީފާ ނުލިބި އެބަތިއްބެވެ.
އައިލެންޑް އޭވިއޭޝަނުން މިއަދު އިއުލާން ކުރީ 320 އަށް ކެޕްޓަނެއް ހޯދުމަށާއި 330 އަށް ފަސްޓް އޮފިސަރެއް ހޯދުމަށެވެ.