ރައީސްގެ ނިންމެވުމާއެކު، އަދުލުއިންސާފު ގާއިމްކުރުމުގެ މަސައްކަތް ހަލުވިވާނެ: ސުޕްރީމް ކޯޓު
ސަން
11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 7:47
ޝަރުއީ ދާއިރާއަށް ދައުލަތުގެ ބަޖެޓުން މިހާރު ޚަރަދުކުރާ ވަރަށް ވުރެ އިތުރަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމުން އަދުލު އިންސާފު ޤާއިމްކުރުމުގެ މަސައްކަތް ހަލުވިވާނެކަމަށް، ސުޕްރީމް ކޯޓުން މިއަދު ބުނެފިއެވެ.
ރައީސްގެ ނިންމެވުމަށް މަރުހަބާ ދަންނަވައި އެ ކޯޓުން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ނިންމެވުން ހިމެނެނީ ޝަރުއީ ދާއިރާގެ ކުރިއެރުމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް ޓަކައި ނިންމެވި ތާރީޚީ ނިންމެވުމެއްގެ ގޮތުގައި ކަމަށެވެ.
"މި ނިންމެވުމުގެ ސަބަބުން މާލީ ގޮތުން ޖުޑިޝަރީއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކަށް ޙައްލު ހޯދުމަށް ފަސޭހަވެ އަދުލުއިންސާފު ޤާއިމްކުރުމުގެ މަސައްކަތްޕުޅު އިތުރު ހަލުވިކަމެއް އަންނާނެކަމަށް އުއްމީދުކުރަމެވެ." ސުޕްރީމް ކޯޓުގެ ޕޯސްޓުގައިވެއެވެ.