ސުޕްރީމް ކޯޓުން ރައީސްގެ ޕޯސްޓު ރިޕޯސްޓުކުރުން: "މިއީ ނަޒާހަތްތެރިކަން ބަލިކަށިވާ ކަންކަން"
ސަން
11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 9:05
ޝަރުއީ ދާއިރާއަށް ދައުލަތުގެ ބަޖެޓުން މިހާރު ޚަރަދުކުރާ ވަރަށް ވުރެ އިތުރަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމުން އެކަމަށް މަރުހަބާ ކިޔައި ސުޕްރީމް ކޯޓުން, ރައީސްގެ ޕޯސްޓު ރީޕޯސްޓްކުރުމާ ގުޅިގެން، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ސުޕްރީމް ކޯޓުން ވަނީ ރައީސް 'އެކްސް'ގައި ލިޔުއްވި ޕޯސްޓު، ކޯޓްކޮށް ރިޕޯސްޓުކޮށްފައެވެ.
އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ހުސްނުއްސޫދު ވިދާޅުވީ، އަދުލު އިންސާފުގެ ބާރުގެ އެންމެ މަތީ ކޯޓުން ސޯޝަލް މީޑިއާގައި އެގޮތަށް ރައީސުލްޖުމްހޫރިއްޔާ މުއާމަލާތްކުރުމަކީ، ރަސްމީ އުސޫލާއި، ހަމަތަކާ ވަރަށް ބޮޑަށް ޚިލާފު، ކުރަން ނުވާވަރުގެ ކަމެއް ކަމަށެވެ.