ތަރިކަ ދިރާސާކުރުމުގެ ދާއިރާއިން މާސްޓާޒް ކިޔަވަން 40 ސްކޮލާޝިޕް
ސަން
12 ސެޕްޓެމްބަރު 2025 | ހުކުރު | 11:13
ތަރިކަ ދިރާސާކުރުމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމަށް 40 ސްކޮލަޝިޕްގެ ފުރުސަތު ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ހުޅުވާލައިފިއެވެ.
ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން "ސިގްނޭޗާ ސްކޮލަޝިޕް"ގެ ނަމުގައި ތަޢާރަފުކުރި މި ސްކޮލަޝިޕުތަކަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ މާސްޓާސް ޑިގްރީއެއް ހާސިލުކުރެވޭ ގޮތަށް، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ސްޕޮންސާކުރާ ފުރުސަތުތަކެކެވެ.
މި ސްކޮލަޝިޕް ފުރުސަތުތަކުގައި ކިޔަވާ ދަރިވަރުންގެ ކޯސް ފީ ދެއްކުމަށް ހަމަޖެހިފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަލަށް އުފެއްދެވި، ޤައުމީ ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުންނެވެ.