ލޮރީ ދަށުވެ ސީރިއަސް އަނިޔާތަކެއް ލިބުނު މީހާއަށް މިހާރު ފަރުވާ ދެނީ ވޯޑުގައި

ސަން

12 ސެޕްޓެމްބަރު 2025 | ހުކުރު | 6:32

ކ. ތިލަފުށީގައި އިއްޔެ ބިދޭސީއަކު ލޮރީއެއް ދަށުވެ، ލިބުނު ސީރިއަސް އަނިޔާތަކަށް މިހާރު ފަރުވާ ދެމުން އަންނަނީ ވޯޑުގައި ބާއްވައިގެންކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.

އިއްޔެ ފުލުހުން ބުނީ ހާދިސާ ހިނގައިގެން ރިޕޯޓުކުރީ މެންދުރުފަހު 14:15 ހާއިރުކަމަށެވެ. މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނީ ސްރީލަންކާ ރައްޔިތަކަށެވެ. އައިޖީއެމްއެޗުން މިއަދު "ސަން"އަށް ބުނި ގޮތުގައި އެއީ 53 އަހަރުގެ މީހެކެވެ.

ހޮސްޕިޓަލުން ބުނީ މިހާރު އޭނާއަށް ފަރުވާ ދެމުން އަންނަނީ ވޯޑުގައި ކަމަށެވެ. ނަމަވެސް ލިބުނު އަނިޔާއާއި، މިހާރުގެ ހާލަތު ހުރީ ކިހިނެއްކަން އަދި ހާމައެއް ނުކުރެއެވެ.

މައުޟޫޢުތަށް