ބިލަށް އިސްލާހު ހުށަހެޅީ ހުރަހެއް ނެތި މީޑިއާތަކަށް ހަރަކާތްތެރިވެވޭނެ މަގު ފަހިކޮށްދޭން: އުޝާމް
ސަން
12 ސެޕްޓެމްބަރު 2025 | ހުކުރު | 8:00
މީޑިއާ ކޮންޓްރޯލް ބިލަށް އިސްލާހު ހުށަހެޅުމުގެ މަގްސަދަކީ އެއްވެސް ހުރަހެއް ނެތި މީޑިއާތަކަށް ހަރަކާތްތެރިވެވޭނެ މަގުފަހިކޮށްދިނުމާ އެކު، ދޮގު މައުލޫމާތުން އާންމު ރައްޔިތުން ރައްކާތެރިކުރަން ކަމަށް، ބަންޑާރަނައިބު އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
"އެކްސް"ގައި އުޝާމް ޓެގްކޮށް ކުރި ޕޯސްޓަކަށް ދެއްވި ރައްދެއްގައި އުޝާމް ވިދާޅުވީ، މީޑިއާ ކޮންޓްރޯލް ބިލުގައި މައްސަލަ ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ބަންޑާރަނައިބުގެ އޮފީހުން ބިލު ރިވިއުކޮށް އިސްލާހުތަކެއް ހުށަހެޅީ އެހެންވެ ކަމަށެވެ.
އުޝާމް ވިދާޅުވީ, އާންމުކޮށް ގިނަ ބިލުތަކުގައި، މާނަކުރަންޖެހޭ ކަންކަން މާނަކޮށް، އިތުރަށް ތަފްސީލްކުުރުމުގެ މަސައްކަތް ކުރަނީ، ކަމާ ގުޅޭ ފަރާތްތަކުގެ މަޝްވަރާއާއެކު ކޮމިޓީ މަރުހަލާގައި ކަމަށެވެ.