ނޫސްތަކާއެކު ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިރު: ފަލާހް ވިދާޅުވީ އެކަން ނުކުރާނަމޭ

ސަން

13 ސެޕްޓެމްބަރު 2025 | ހޮނިހިރު | 10:52

މިވަގުތު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ މަރުހަލާގައި އޮތް މީޑިއާ ކޮންޓްރޯލް ކުރުމުގެ ބިލާއެކު ނޫސްތަކާއެކު ސޯޝަލް މީޑިއާ ރެގިއުލޭޓްކުރުމުގެ ބިރު ވެސް އުފެދިފައިވާ ދަނޑިވަޅެއްގައި، ސަރުކާރުން އެކަން ނުކުރާނެ ކަމަށް، ޕީއެންސީ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިފަހުން މި ބިލަށް ހުށަހެޅި އިސްލާހުގައި މީޑިއާގެ ގޮތުގައި މާނަކޮށްފައިވަނީ ޓީވީއާއި ރޭޑިއޯއާއި ސީޑީއާއި ވެބްސައިޓާއި ނޫސްމަޖައްލާތަކާއި ޕަބްލިކޭޝަންތަކާއި، އެ ނޫންވެސް ނަންނަމުގައި ރަޖިސްޓްރީކޮށްގެންނާއި ރަޖިސްޓްރީނުކޮށް މައުލޫމާތާއި ޚަބަރާއި ޚިޔާލު ފެތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް ނުވަތަ ހިލޭ ލިބޭ ގޮތަށް ޗާޕުކޮށްގެންނާއި އިންޓަނެޓާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޝާއިއުކުރެވޭ ޝާއިއުކުރުންތަކަށެވެ.

އެހެންކަމުން މި ބިލާއެކު ނޫސްތަކެކޭ އެއްގޮތަށް ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރަން ސަރުކާރުން ފަށާނެ ކަމަށް ބުނެ, ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި ވާހަކަ ދައްކާ މީހުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މައުޟޫޢުތަށް