ފެށޭ ހަފުތާގައި ސްކައުޓް އޮފީސް ހިންގާނެ ތަނެއް ހަމަޖެހޭނެ: ޝަފީއު
ސަން
13 ސެޕްޓެމްބަރު 2025 | ހޮނިހިރު | 11:25
މި ފެށޭ ހަފުތާގެ ތެރޭ ސްކައުޓް އެސޯސިއޭޝަންގެ އިދާރާއާއި ފިހާރަ ހިންގާނެ ތަނެއް ހަމަޖެހޭނެ ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ރޭ ވިދާޅުވެއްޖެއެވެ.
ސްކައުޓް އެސޯސިއޭޝަނާއި ކެޑޭޓުގެ އޮފީސް ހިންގަމުން އައީ މީގެ ކުރިން އަރަބިއްޔާ ސްކޫލް ހިންގި އިމާރާތުގައެވެ. ޗާންދަނީމަގުގައި ހުންނަ އެ އިމާރާތް ބާވެ، އިމާރާތުގެ ތަނބުތަކަށް ވެސް އެކި ވަރުގެ ގެއްލުން ވަނީ ވެފައެވެ.
ފާހަގަކުރެވޭ ގޮތުގައި ސްކައުޓް އެސޯސިއޭޝަނާއި ކެޑޭޓު ކޯގެ އޮފީސް ހިންގުމުގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ އެކި މުދާތައް ވެސް ގުދަންކޮށްފައި ހުންނަނީ އެ އިމާރާތުގައެވެ.