ވާނުވާ ބަންދުގައި ހުރި ޝަމްއާން މާދަމާ ކޯޓަށް ހާޒިރުކުރަނީ

ސަން

13 ސެޕްޓެމްބަރު 2025 | ހޮނިހިރު | 12:31

ޖިނާއީ ބޮޑެތި ތުހުމަތުތަކަކާއެކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއަކާ ގުޅިގެން އޭނާ މާދަމާ ކޯޓަށް ހާޒިރު ކުރުމަށް ތާވަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި ޝަމްއާންގެ ޝަރީއަތްތައް ތާވަލުކޮށްފައި އޮތީ މާދަމާ މެންދުރު ފަހަށެވެ.

ޝަމްއާންގެ މައްޗަށް ކުރެވުނު ތުހުމަތުތަކަކާއެކު މިދިޔަ ރޯދަ މަހުން ފެށިގެން އޭނާ ހުރީ ހައްޔަރުކޮށްފައެވެ.

މައުޟޫޢުތަށް