ފާއިޒުގެ ރައްދު: ޝަރުއީ ދާއިރާއަށް އެހީ ދެނީ ހެޔޮފުޅު ކަމަކުން ނޫން, އެއީ ދޭން ޖެހޭ އެއްޗެއް

ސަން

13 ސެޕްޓެމްބަރު 2025 | ހޮނިހިރު | 1:12

ދައުލަތުގެ ބަޖެޓުން ޝަރުއީ ދާއިރާއަށް އެހީ ދިނުމަކީ ވެރިއަކަށް ހުންނަވާ ބޭފުޅަކު ހެޔޮފުޅު ކަމުން ކުރައްވާ ކަމެއް ނޫން ކަމަށާއި، އެއީ ދައުލަތުގެ ބަޖެޓުން ކޮންމެހެން ކުރަން ޖެހޭ ޚަރަދެއް ކަމަށް، ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެފައި ވަނީ, ޝަރުއީ ދާއިރާއަށް ދައުލަތުގެ ބަޖެޓުން މިހާރު ޚަރަދުކުރާ ވަރަށް ވުރެ އިތުރަށް, ޖުމުލަ ބަޖެޓުގެ ވަކި އަދަދަކަށް ވާ ފައިސާ "ހިލޭ އެހީގެ ގޮތުގައި" ދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އެކަން ހާމަ ކުރެއްވުމާ ގުޅިގެން، އެކަމަށް ފާޑު ވިދާޅުވެ, އެއްވެސް ގައުމެއްގައި ޖުޑިޝަރީއަށް ހިލޭ އެހީ ނުދެއްވާ ކަމަށް، ކުރީގެ ރައީސް އަބްދުالله ޔާމީން ވަނީ ވިދާޅުވެފައެވެ.

://./211209

މައުޟޫޢުތަށް