އަމިއްލައަށް އެދިގެން ފަރުވާއިން ވަކިވިތާ އަހަރެއް ނުވެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް

ސަން

13 ސެޕްޓެމްބަރު 2025 | ހޮނިހިރު | 3:15

ދިވެހި ޒުވާނަކު، އަމިއްލައަށް އެދިގެން މަސްތުވާތަކެތީގެ ފަރުވާ ޕްރޮގްރާމުން ވަކިވިތާ އަހަރެއްވެސް ނުވަނީސް، އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މިއީ، އުމުރުން އެންމެ 19 އަހަރުގެ ދިވެހި ޒުވާން ފިރިހެން ކުއްޖެއްގެ ވާހަކައެވެ. މާލޭން އުތުރުގެ ރަށަކަށް ނިސްބަތްވާ މި ޒުވާނާ، ކެނެބިސް ބޭނުން ކުރުމުގެ މައްސަލައެއްގައި ހައްޔަރުކޮށް، ޑްރަގު ކޯޓުގެ ފަރުވާ ޕްރޮގްރާމުގައި ހިމެނީ މިދިޔަ އަހަރުއެވެ.

ކޮމިއުނިޓީ އިންޑިވިޖުއަލައިޒްޑް ތިން މަސް ދުވަހުގެ ފަރުވާ ޕްރޮގްރާމުން އޭނާ ވަކިވީ އަމިއްލައަށް އެދިގެންނެވެ.

މައުޟޫޢުތަށް