އޭޖީގެ އައު ގާނޫނާއެކު، ނުފޫޒުން އެއްކިބާވުން އެތައް ގުނައެއް އިތުރު ވެއްޖެ: އުޝާމް

ސަން

13 ސެޕްޓެމްބަރު 2025 | ހޮނިހިރު | 10:30

ބަންޑާރަ ނައިބުގެ އޮފީހުގެ އައު ގާނޫނާއެކު، ނުފޫޒުތަކުން އެއްކިބާވެގެން ހުރުމަށް ބަންޑާރަ ނައިބަށް ބާރުއަޅާ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި އުޝާމް ވިދާޅުވީ، އެ އޮފީހުގެ މަސައްކަތް ހަރުދަނާ ކުރުމަށް އެންމެ މުހިންމު މަސައްކަތެއް ކުރެވުނީ މި އަހަރު ކަމަށެވެ. އެއީ، މެއި 29ގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގުކުރެއްވި އެ އޮފީހުގެ ބިލާއެކު ކަމަށް އުޝާމް ވިދާޅުވިއެވެ.

އެ ބިލުގެ މަސައްކަތް 2009 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް