"އޭލެވެލް ކިޔަވަން ވަން ކުދީންގެ އަދަދު 49 ޕަސެންޓަށް އިތުރުވެއްޖެ"
ސަން
14 ސެޕްޓެމްބަރު 2025 | އާދިއްތަ | 9:40
އޭލެވެލް ކިޔެވުމަށް ސަރުކާރުން މިހާރު ކަނޑައަޅައިފައިވާ ފަސޭހަތަކުގެ ސަބަބުން، އޭލެވެލް ކިޔަވަން ވަން ކުދިންގެ އަދަދު 49 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެެއްޖެއެވެ.
ރާއްޖޭގައި އޭ-ލެވެލް ކިޔެވުމުގެ ފުރުސަތު ވީހާ ވެސް ގިނަ ކުދިންނަށް ދިނުމުގެ ގޮތުން ގްރޭޑް 11 އަދި 12 އަށް ދަރިވަރުން ވައްދާ ކްރައިޓީރިއާ ދަށްކޮށް އިސްލާހެއް ގެނައީ މިދިޔަ މަހުގެ ތެރޭގައެވެ.
://./210108