ބިލަކީ ބޮޑު އޮޅުވާލުމެއް، މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި މަގްސަދަކީ އާންމުން ކޮންޓްރޯލްކުރުން: ސަވާދު

ސަން

14 ސެޕްޓެމްބަރު 2025 | އާދިއްތަ | 12:24

މިވަގުތު ކޮމިޓީ މަރުހަލާގައި އޮތް މީޑިއާ ކޮންޓްރޯލް ބިލަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި، "މީޑިއާ ރެގިއުލޭޓް"ކުރުމުގެ ނަމުގައި އާންމުން ރެގިއުލޭޓްކުރުމަށް މި ބިލުން މަގުފަހިވާއިރު، ބިލުގެ މަޤްސަދަކީ އާންމުންގެ ޚިޔާލާއި ފިކުރު ކޮންޓްރޯލްކުރުން ކަމުގައި، ކުރީގެ ބަންޑާރަނައިބު ޑރ. އަހްމަދު އަލީ ސަވާދު ރޭ ވިދާޅުވެއްޖެއެވެ.

ރޭ ވަނީ މަޖިލީހުގެ ކޮމިޓީގައި މިހާރު ދިރާސާ މަރުހަލާގައި އޮތް "މީޑިއާ ކޮންޓްރޯލް" ބިލާމެދު އާންމުން ހޭލުންތެރިކުރުވަން ފޯރަމެއް ބާއްވައިފައެވެ.

އެ ފޯރަމްގައި ވާހަކަދައްކަވަމުން ސަވާދު ވިދާޅުވީ، ބޭރުފުށުން މި ބިލަކީ ރަނގަޅު ނިޔަތެއްގައި ހުށަހެޅި ބިލެއްގެ ގޮތުގައި ފެނުނު ނަމަވެސް، ބިލު ރަނގަޅަށް ކިޔައިލުމުން ބިލުގެ އަސްލު މަގްސަދު ހާމަވާ ކަމަށެވެ.

މައުޟޫޢުތަށް