އިއުލާނުކުރި ގޮތަށް ރިފޯމްނުކުރެވި، ސަބްސިޑީއަށް ބަޖެޓަށްވުރެ އިތުރަށް 335 މިލިއަން ޚަރަދުކޮށްފި
ސަން
14 ސެޕްޓެމްބަރު 2025 | އާދިއްތަ | 12:23
ސަބްސިޑީއަށް ކުރާ ޚަރަދުތައް ރިފޯމްކުރަން ސަރުކާރުން އިއުލާނުކޮށް، އެ ގޮތަށް ބަޖެޓު ތައްޔާރުކުރި ނަމަވެސް އެކަން ނުކުރެވި، ބަޖެޓުގެ ބޭރުން ސަބްސިޑީއަށް 335.5 މިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ.
ރިފޯމްކުރަން ނިންމި ނަމަވެސް ސަބްސިޑީ ރިފޯމްނުކުރެވި، ޚަރަދު ބޮޑުވާކަމުގެ ޝަކުވާ ބޮޑެވެ.
ފިނޭންސް މިނިސްޓްރީން ވަނީ މި މަހު ހަތަރުވަނަ ދުވަހާ ހަމައަށް ހިނގި ޚަރަދާއި އާމްދަނީގެ ތަފުސީލުތައް ހާމަކޮށްފައެވެ. އެ ރިޕޯޓުން އެނގޭ ގޮތުގައި މި އަހަރު ސަބްސިޑީއަށް ބަޖެޓުކުރީ 1.8 ބިލިއަން ރުފިޔާއެވެ. އެކަމަކު، އަހަރު ނިމެން އަދި ހަތަރު މަސް އޮއްވާ މުޅި ބަޖެޓު ހުސްވެއްޖެއެވެ. ބަޖެޓަށްވުރެ އިތުރަށް މި މަހު ހަތަރުވަނަ ދުވަހާ ހަމައަށް 335.5 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ޖުމުލަ 2.2 ބިލިއަން ރުފިޔާ ސަބްސިޑީއަށް ޚަރަދުކޮށްފިއެވެ.